ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)343-AS/343/2026/38 (29 ޖޫން 2026) ގެ އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި މައްސަލަތަކެއްހުރުމުން އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ގަރާޖް ހެދުމާއި ގުޅޭ މައުލޫމާތުޝީޓް މިއިއުލާނާއެކު އެއްހީރަސްކޮށްފައިވާނެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 އޮގަސްޓް 17ވާ ހޯމަދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހަމައެދުވަހު (2026 އޮގަސްޓް 17ވާ ހޯމަދުވަހުގެ 11:00ގައި) ހުށަހަޅާފަރާތްތަކުގެ ހާޟިރުގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެބޭފުޅެއްގެ ވަނަވަރުއެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.