މަސައްކަތް
ނަންބަރު: (IUL)391/391/2026/78
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 22:51
ސުންގަޑި: 17 އޮގަސްޓް 2026 10:30
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ދެހާޖީ މާލަން ކައިރީގައިވާ ސްޓޭޖް ތަޅައި އުކާލުމާއި ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ތިމަރަފުށީ ދެހާޖީ މާލަން ކައިރީގައިވާ ސްޓޭޖް ތަޅައި އުކާލުމާއި ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                          ތިމަރަފުށީ ދެހާޖީ މާލަން ކައިރީގައިވާ ސްޓޭޖް ތަޅައި އުކާލުމާއި، ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް  މިއިދާރާއިން ކުރި ނަމްބަރ (IUL)391/391/2026/70 (14 ޖުލައި 2026) ގެ އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުރުވުމާއި ގުޅިގެން އިޢުލާނު ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:  17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 (ކައުންސިލް އިދާރާގައި)

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 16 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް:  ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ

އީމެއިލް އެޑްރެސް:   [email protected]

 

             މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ފޯރުކޮށްދޭ ފޯމުގައެވެ. އަދި ފޯމުގައި ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިމެނިފައިވާނެއެވެ.  

 

             އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6780674 ނަންބަރާ ގުޅުއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

04 އޮގަސްޓް 2026