ބީލަން
ނަންބަރު: (IUL)422-B1/422/2026/38
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 06 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގައި ހުރި އޭސީ ސާރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި މިސްކިތްތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަނަރުތައް ސާވިސް ނުކުރެވި ގިނަ ދުވަސްވެފައިވާތީ، އެ ތަކެތި ފުލް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވިފައިވާ (އިޢުލާން ނަންބަރު:(IUL)422-B1/422/2026/31) އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

 ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 06 އޮގަސްޓް 2026 ވާ ބްރާސްފަތި ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. ރަޖިސްޓްރީ ވާ ފަރާތްތަކަށް މިކަމާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މައުލޫމާތް ކަރުދާސް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 10 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 11 އޮގަސްޓް 2026 ވާ  ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.

ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2026