ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2026/22
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 16 އޮގަސްޓް 2026 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިހާނުގެ މާކިންގ މަސައްކަތްތަކަށް ކްލެރިކަލް މުވައްޒަފުން ހޯދުން

އިޢުލާނު 

2026 ވަނަ އަހަރުގެ އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިހާނުގެ މަސައްކަތްތަކަށް ކްލެރިކަލް މުވައްޒަފުން ހޯދުން 

މަޤާމު

ކްލެރިކަލް ސްޓާފް

ބޭނުންވާ ޢަދަދު

އެސް.އެސް.ސީ

އެޗް.އެސް.ސީ

22

12

 

މަސައްކަތް ކުރާނެ ތާރީޚް

އެސް.އެސް.ސީ

އެޗް.އެސް.ސީ

21 ސެޕްޓެމްބަރ 2026 އިން 02 ޖަނަވަރީ 2027 އަށް

01 އޮކްޓޯބަރ 2026 އިން 24 ނޮވްމްބަރ 2026 އަށް

 

ޝަރުޠު:

ކްލެރިކަލް މުވައްޒަފުންނަށް އެދޭ މީހުންގެ ޝަރުޠު:

1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން

2. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

3. މާކިން މަސައްކަތުން އެކަހެރިކޮށްފައިވާ (ބްލެކްލިސްޓް ކޮށްފައިވާ) ފަރާތެއްކަމުގައި ނުވުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު   50% 
  2. ކްލެރިކަލް މަސައްކަތުގެ ތަޖުރިބާ  50%

 

 

 

 

 

 

 

މަސްޢޫލިއްޔަތު:

 

  1. ކްލެރިކަލް މުވައްޒަފުންނަކީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިމްތިޙާނު ހޯލުގައި ކުރެވޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރާ ފަރާތެވެ.
  2. ކްލެރިކަލް މުވައްޒަފުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު މާކަރުންނަށް ބާއްވާ ޓްރެއިނިންގ އާއި މާކިން ހޯލުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ކްލެރިކަލް ގެ އެންމެހާ މަސައްކަތްތައް ކުރުމެވެ.
  3.  ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.

 

4. ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނިވިނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

 4.1.  މިއިމްތިޙާނުގައި މާކުކުރާ ކޮންމެ މާކަރަކު މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި   އެއްބަސްވުމުގައި ސޮއި ކުރިކަން ކަށަވަރުކުރަންވާނެއެވެ.

   4.2.  މާކިން މަސައްކަތަށް މާކަރު ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި   ސޮއިކޮށް، ޙާޟިރުވި ގަޑި ޖެހިކަން ކަށަވަރުކުރަންވާނެއެވެ.

 4.3. ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުން (ޗީފް އެގްޒޭމިނަރ، ލީޑް އެގްޒޭމިނަރުން،   މޮޑަރޭޓިން އެގްޒޭމިނަރުން، އޮޑިޓިން އެގްޒޭމިނަރުން) އާއި މާކަރުންގެ ޙާޟިރީ ބަލަހައްޓަންވާނެއެވެ.

 4.4.  މާކަރުންނަށް ބާއްވާ މާކިން ޓްރެއިނިންއަށް ބޭނުންވާ ކަރުދާސްތައް ބެހުމާއި، މާކުކޮށް ނިމުމުން   ކަރުދާސްތައް ނަގަންވާނެއެވެ.

 4.5. މާކިން މަސައްކަތް ފެށުމުން ޖަވާބު ކަރުދާސްތައް (ޕޭޕަރތައް) ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 4.6. މާކިން ހިނގަމުންދާއިރު، އެގްޒޭމިނަރުންގެ ޓީމާއި މާކަރުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބަލަހައްޓަންވާނެއެވ.

 4.7.  މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބ މާކަރުންނަށް ކަރުދާސް ޙަވާލުކުރަންވާނެއެވެ. އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަންނަން ވާނެއެވެ.

 4.8. އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބ މާކަރު މާކު ކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސް ޝީޓްގައިވާ ޢަދަދު ދިމާވޭތޯ ޗެކްކުރަންވާނެއެވެ. އަދި މާކު ނުކުރާ ސުވާލެއް އޮތްތޯއާއި ދޭންވާވަރަށްވުރެ އިތުރަށް މާކްސް ދީފައިވޭތޯ ޗެކްކުރަންވާނެއެވެ.

 4.9.  ޗެކްކޮށްނިމ ކަރުދާސްތައް އެ ގްރޫޕެއްގެ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއި ޙަވާލުކުރަންވާނެއެވެ. އަދި އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާހަށް ލިބުނު މާކުސްތައް އެންޓަރކުރަންވާނެއެވެ.

 4.10. މާކިން ހިނގަމުންދާއިރު، ދުވަހުން ދުވަހަށް ތަކެތި (އެ ގްރޫޕެއްގައި ހިމެނ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރު ފަދަ ތަކެތި (ހަމަކޮށް ގަޑިއަށް މާކިން ފެށޭ ވަރަށް ހޯލް ތައްޔާރުކުރަންވާނެއެވެ.)

 4.11. މާކިން ހިނގަމުންދާއިރު، އިދާރީގޮތުން މާކިން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.

 

އުޖޫރަ:

  1. ކުލެރިކަލް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ)

 ކުލެރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ،    ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

 

ސުންގަޑި:

 2026 އޯގަސްޓް 16 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިމިވާ ލިންކް މެދުވެރިކޮށެވެ.

https://forms.gle/kfWfWx1EYAXqmpt68

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041348 ގުޅުއްވުން އެދެމެވެ.
04 އޮގަސްޓް 2026