ދިވެހިރާއްޖެ
ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށްޓަކައި އެކުލަވައިލަންޖެހޭ ފީސިބިލިޓީ ރިޕޯޓް، ބިޒްނަސް ޕްލޭން، އަދި ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ބޭނުންވެއެވެ. މި މަސައްކަތް ކުރިއަށް ގެންދަންވާނީ މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީމާ،ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
|
|
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓްރޭޝަން |
10 އޮގަސްޓް 2026 |
ހޯމަ |
10:00 |
|
އަންދާސީ ހިސާބު ހުށައެޅުން |
16 އޮގަސްޓް 2026 |
އާދީއްތަ |
10:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.