ބީލަން
ނަންބަރު: (IUL)304-CA/304/2026/69
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 10 އޮގަސްޓް 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ،ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 04 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

10 އޮގަސްޓް 2026

ހޯމަ

11:00

އަންދާސީ ހިސާބު ހުށައެޅުން

16 އޮގަސްޓް 2026

އާދީއްތަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

04 އޮގަސްޓް 2026