ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2026/107
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:45
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ގަތުމުގެ ނީލަން ކާމިޔާބު ކުރި ފަރާތް ޢާއްމުކުރުން

 

           މި އިދާރާގެ ނަންބަރު: (IUL)335-AS/335/2026/96 (15 ޖުލައި 2026) އިޢުލާނާއި ގުޅިގެން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކަނޑައެޅުނު ރަޖިސްޓްރީ ނަންބަރު: C1A4061)) ޕިކަޕް ގަތުމަށް ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން، ނީލަމާއި ގުޅޭ އުޞޫލުގައި ބަޔާން ކުރެވިފައިވާގޮތުން އެދުވަހެއްގެ 12:00 އާއި ހަމައަށް ނީލަމަށް ހުށަހެޅޭ އަގު ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 48 (ސާޅީސް އަށެއް) ގަޑިއިރު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގެއް ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެކަމުގައި ބަޔާންވެފައިވާތީ، އެމުއްދަތަށް ބަލާ ނީލަން ކާމިޔާބުކޮށްފައިވާ ފަރާތާއި، އަގު މިދަންނަވަނީއެވެ.

ރިފަރެންސް ނަމްބަރ

އުޅަނދުގެ ބާވަތް

ނީލަން ކާމިޔާބުކުރި އަގު

އަގު ހުށަހެޅި ތާރީޙް

ނީލަން ކާމިޔާބުކުރި ފަރާތުގެ މަޢުލޫމާތު

02/2026

ޕިކަޕް

55,000/-ރ

29/07/2026

 ޢަލީ ހާބިލް އިމްތިޔާޒް / ތުނިޔަ، ކ،ހިންމަފުށި

04 އޮގަސްޓް 2026