ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2026/25
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި:
11 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެމަނަފުށީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން
ގެމަނަފުށީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން:
- 2027 އިން 2031ގެ ނިޔަލަށް ތައްޔާރު ކުރާ ގެމަނަފުށީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ 04 އޮގަސްޓް 2026 އިން 11 އޮގަސްޓް 2026 ގެ 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިގެންނެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 18 އޮގަސްޓް 2026 ވީ އަންގާރަ ދުވަހުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާ/ ގއ.ގެމަނަފުށި ދިވެހިރާއްޖެ.
- ފޯން: 7787371 / 7985458
- އީމެއިލް: [email protected]
21 ޞަފަރު 1448
04 އޮގަސްޓް 2026
04 އޮގަސްޓް 2026