ދިވެހިރާއްޖެ
މި ހޮސްޕިޓަލްގެ ރަޖިސްޓްރީ ނަންބަރު B1A5332 : ވޭން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން ވޭން ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް،ހޮސްޕިޓަލް އޮފީހަށެވެ. ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ވޭން ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު، މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އޮފީހުން ލިބެން ހުންނާނެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު 14:00 ގައި މި ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ.
ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 (ދޭއް) ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 (ފަހެއް) ދުވަހުގެ ދުވަހުގެ ތެރޭގައި، މި ހޮސްޕިޓަލްގެ ރިސެޕްޝަން ކައުންޓަރ އަށް ދުރުވެ، ފައިސާ ދެއްކުމަށްފަހު، ވެހިކަލް ގެންދަން ވާނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ ފުރުޞަތު ދެވޭނެއެވެ. ދެވަނަޔަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތުން ވެސް ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލް ކުރެވޭނެއެވެ.
ނީލަމާއި ގުޅޭ އިތުރު މައުލޫމާތު.
|
ވެހިކަލްގެ ރަޖިސްޓްރީ ނަންބަރު: |
B1A5332 |
|
ޗެސިސް ނަންބަރު: |
CR42-5009255 |
|
މޮޑެލް ނަންބަރު: |
TOYOTA-KJ-CR42V-FMSDE LITEACE |
|
އިންޖީނު ނަންބަރު: |
3C-3991284 |
|
އެތެރެކުރި އަހަރު: |
2008 |
|
ހަކަތައިގެ ބާވަތް: |
ޑީސަލް |
|
އުފުލޭ މީހުންގެ އަދަދު: |
05 |
|
ނީލަން ފެށޭއަގު: |
-/10000ރ ( ދިހަހާސް ރުފިޔާ) |
|
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: |
-/1000 (އެއްހާސް ރުރިޔާ) . |
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވޭން ބަލާލުމުގެ އިންތިޒާމް 2026 އޮގަސްޓް 05 ވާ ބުދަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް މި ހޮސްޕިޓަލް ގޯތިތެރޭ ހަމަޖެހިފައިވާނެއެވެ. ނީލަމަށް އަގުހުށަހަޅާ ފޯމު ބަލައި ގަތުން އޮންނާނީ 2026 އޮގަސްޓް 12 ވާ ބުދަ ދުވަހުން ފެށިގެން ނީލަން ނިމެންދެން މި ހޮސްޕިޓަލް އޮފީހުންނެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.