ނީލަން
ނަންބަރު: 60-BD/2026/202
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި:
11 އޮގަސްޓް 2026 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުން
އެސް.ޓީ.އޯ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
|
ނީލަން ކިޔާ ތަކެތި |
ތަކެތީގެ އަދަދު (ލޓރ) |
ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
|
ފިއުލް ސްލަޖް |
12,000 |
3,000/- |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
|
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
11 އޮގަސްޓް 2026 |
ހެނދުނު 10:00 |
ފުނަދޫ |
|
އަގުހުށަހެޅުން |
12 އޮގަސްޓް 2026 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ހެޑްއޮފީސް |
އިތުރު މަޢުލޫމާތު:
- ނީލަން ކިޔުމަށް ކަނޑައަޅާފައިވާ ތަކެތި ބައްލަވައިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، އެސް.ޓީ.އޯގެ އުޅަނދެއްގައި އެ ތަކެތި ހުރި ތަނަށް ގެންގޮސްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ވީމާ، މި ތަކެތި ބައްލަވައިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 11 އޮގަސްޓް 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މާލެ 2 ނަންބަރު ޖެޓީއަށް ވަޑައިގެންދެއްވުން އެދެމެވެ.
- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަން ވާނެއެވެ.
- ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
- ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސް.ޓީ.އޯ އަށް ލިބިގެންވެއެވެ.
- މުދާ ނުގެންދާ ފަރާތްތަކަށް އެސް.ޓީ.އޯއިން ކުރިއަށް ބާއްވާ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.
04 އޮގަސްޓް 2026