މަސައްކަތް
ނަންބަރު: (IUL)287-AM/287/2026/25
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 23 އޮގަސްޓް 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މާޅެންދޫ ހިޔާ" އިމާރާތުގެ 3 ރޫމް ބޮލޮކް ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢްލާން ކުރުން

އިޢުލާން

"މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާން ކުރުން

      މިލަދުއްމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ ނަންބަރ 287/287/2026/17(IUL) (29 ޖޫން 2026) އިޢްލާނާއި ގުޅިގެން ނ.މާޅެންދޫ ކައުންސިލުން އިމާރާތަކުރާ "3 ރޫމް ބްލޮކް" ރޭނުމުގެ މަސައްކަތަށް ހުށަހަޅުއްވާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢްލާން ބާތިލްކޮށް ނ.މާޅެންދޫ ކައުންސިލުން ޢިމާރާތްކުރާ "މާޅެންދޫ ހިޔާ" ޢިމާރާތުގެ 3 ރޫމް ބްލޮކް ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާން ކުރީމެވެ.

              މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 12 އޮގަސްޓް 2026 (ބުދަ) ދުވަހުގެ 13:00 ގެ  ކުރިން މިއިޢްލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢްލާނާއި ގުޅިގެން ބިޑްހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަޢްލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑްމީޓިންއެއް 13 އޮގަސްޓް 2026 ދުވަހު 10:00 ގައި ނ. މާޅެންދޫ ކައުންސިލު އިދާރާގެ މީޓިންގް ރޫމްގައި އޮންނާނެއެވެ.

މިއިޢުލާނާއި ގުޅޭ ފޯމްތަކާއި، ކުރެހުމާއި، މައުލޫމާތު ކަރުދާސްތައް މި އިޢްލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 23 އޮގަސްޓް 2026 ވާ އާދީއްތަ  ދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.  

އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

04 އޮގަސްޓް 2026