މަސައްކަތް
ނަންބަރު: GS-91/2016/01
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 14 ފެބުރުވަރީ 2016 10:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

2016 އޭޕްރިލް 01 އިން 2017 މާރިޗު 31 އަށް (1 އަހަރުދުވަހުގެ މުއްދަތަށް) މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޭކުރެންދޫ މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

ވީމާ، ސެކިއުރިޓީ ބަލަހައްޓަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016