ދިވެހިރާއްޖެ
އިޢުލާން
އިނގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމެޓީގެ ޤުރުއާން މުބާރާތް 2026 އާއި ގުޅޭ
އިނގުރައިދޫ ކައުންސިލާއި އ.ތ.މ ކޮމެޓީގެ ޤުރުއާން މުބާރާތް 2026 ގައި ބައިވެރިވެފައިވާ ބައިވެރިންގެ އުމުރުފުރާތަކަށް އައިސްފައިވާ ބަދަލާއިގުޅިގެން މި މުބާރާތުގެ ބައިވެރިންގެ ލިސްޓު ޢާންމުކުރުމަށް 02 އޮގަސްޓް 2026 ގައި ކުރެވިފައިވާ އިޢުލާނު (ނަންބަރު: (IUL)309-AHI/309/2026/55 ) ބާތިލުކޮށް އަލުން ޝަކުވާއަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ބައިވެރިން، އުމުރުފުރާތަކަށް ބަހާލެވިފައިވާގޮތް ތިރީގައި އެވަނީއެވެ.
އުމުރުފުރާތައް ބަހާލެވިފައިވާ ގޮތް:
- އުމުރުފުރާ ބެލިފައިވަނީ 01 ޖަނަވަރީ 2026 ނިޔަލަށް
- އުމުރުފުރާގައި ހިމެނިފައިވާނީ 01 ޖަނަވަރީ 2026 ނިޔަލަށް އެ އުމުރުފުރިފައިވާ ބައިވެރިން
(މިސާލު: 10 އަހަރު ދަށުގެ އުމުރުފުރާގައި ހިމެނޭނީ އުމުރުން 01 ޖަނަވަރީ 2026 އަށް 9 އަހަރާއި 10 އަހަރު ފުރިފައިވާ ބައިވެރިން)
ވީމާ، މިލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ 05 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ނަންބަރު 6580028 ފޯނަށް ގުޅުއްވާ، ނުވަތަ މިއިދާރާގެ ނަންބަރަށް 7600280 ވައިބަރ މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.