މަސައްކަތް
ނަންބަރު: L6MC-D/2016/02
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 14 ފެބުރުވަރީ 2016 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
01 އެއަރ ކަންޑިޝަން ނައްޓައި އައު 02 އެއަރ ކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މި ކޯޓުގެ އިދާރީ ބައިގައި ހަރުކޮށްފައި ހުރި 01 އެއަރ ކަންޑިޝަން ނައްޓައި، އައު 02 އެއަރ ކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ކޯޓުގެ ނަންބަރު: L6MC-D/2016/01 (07 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީއާއި، މަޢުލޫމާތު ކަރުދާހަށްވެސް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

04 ފެބުރުވަރީ 2016