ދިވެހިރާއްޖެ
ގެތަކާއި އިންވެގެން މަގުމަތީގައި ގަސްތައް އިންދުމާއި،ގެއާއި ވީ ފަރާތަށް މަގުގެ ލެވެލަށްވުރެ އުސްކޮށް ބައެއް ގެތަކުން މަގަށް ވެލިއަޅާ އުސްކޮށްފައިހުރުމުގެ ސަބަބުންނާއި މަގަށް ކަށިވެލި އެޅުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މަގުމައްޗަކީ ހުރިހާ އެންމެނަށްވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ކައުންސިލުން މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އެހެންކަމުން ގެއާއި އިންވެގެން މަގުމަތީގައި އިންދާފައިވާ ހިޔާލިބޭ ބޮޑެތި ގަސްތައް ފިޔަވާ އެހެން ގަސްތައް ނެގުމަށާއި، ގެއާއި ވީ ފަރާތަށް މަގުގެ ލެވެލަށްވުރެ އުސްކޮށް އަޅާފަހުރި ވެލިތަށް މަގުލެވަލަށް ތިރިކުރުމަށާއި މަގުތަކަށް އަޅާފައިވާ ކަށިވެލިތައް މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ނަގާނިންމެވުމަށް ދެންނެވީމެވެ. އަދި ދަންނަވަމެވެ. ގެއާއި އިންވެގެން މަގުމަތީގައި އިންދާފައިވާ ހިޔާލިބޭ ބޮޑެތި ގަސްތަކާއި ގޯތީގެ އިމުންބޭރަށް ވާގޮތަށް ހައްދާފައިވާ ހިޔާލިބޭ ބޮޑެތި ގަސްތައްވެސް މަގުތަކުގައި ހަރުކޮށްފައިވާ ބައްތި ދަނޑިތަކާއި، މަގުގައި ދުއްވާ އުޅަނދު ތަކަށާއި، ހިނގާބިނގާވެ އުޅޭމީހުނަށް އުނދަގޫނުވާނެގޮތަކަށް ކޮށާފައި ބެހެއްޓުމަށްވެސް ދެންނެވީމެވެ.
މިގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. ހަމަ މިފުރުސަތުގައި ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުންދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
03 އޮގަސްޓް 2026