މަސައްކަތް
ނަންބަރު: (IUL)419-CAA/419/2026/70
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 11 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމާނާތު މިސްކިތުގެ ލައުޑްސްޕީކަރ ހަރުކުރާ އެންޓަނާ ކުރުކޮށްފަ އަލުން ހަރުކޮށްދިނުމާއި ގުޅޭ،

މަސްޖިދުލް އަމާނާތުގެ ލައުޑްސްޕީކަރ ހަރުކުރުމަށް ހަރުކޮށްފަ ހުރި އެންޓަނާ ކައުންސިލުން އަނގާ ގޮތެއްގެ މަތިން ކުރުކޮށްފަ އަލުން ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

  1. 1.          ހަވާލުކުރެވޭ މަސައްކަތް:

-          މަސްޖިދުލް އަމާނާތުގައި މިހާރު ހަރުކޮށްފަ ހުރި އެންޓަނާ ނެގުން

-          މަސްޖިދުލް އަމާނާތުގައި ކުރިން ހަރުކޮށްފަ ހުރި އެންޓަނާއާއި އެއްވަރަށް ނެއްޓި އެންޓަނާ ކުރުކުރުން

-          އެންޓަނާ ކުރުކުރުމަށްފަހު އެންޓަނާގެ ކޮޅުގައި ލައުޑް ސްޕީކަރ ހަރުކުރެވޭނެހެން ބްރެކެޓް ހަރުކުރުން

-          އެންޓަނާ އަލުން ހަރުކޮށްދިނުން

މި މަސައްކަ

 

ތް ކުރަންވާނީ އަމިއްލަ ތަކެތީގައި

 

  1.      މިމަސައްކަތަށް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014/18 )އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު ( 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.

 

  1. 3.       އެސްޓިމޭޓް އޮންނަންވާގޮތާއި ހުށަހަޅަންޖެހޭ ތަކެތި

3.1      އެސްޓިމޭޓްގައި ހުށަހަޅާފަރާތުގެ ނަން، އެޑްރެސް، ނަންބަރ، އަގު ( ޖީއެސްޓީ ވަކިން އެގޭނެހެން )، މުއްދަތު، ސޮއި/ތައްގަނޑު، އީމެއިލް އަދި ފޯންނަންބަރ އޮންނަވާނެއެވެ.

3.2      އެސްޓިމޭޓްގައި ބަޔާންކުރާ މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު ގުނާނީ އެގްރިމަންޓް ކުރެވޭ ތާރީޚުން ފެށިގެން ހުކުރު ދުވަސް ހިމަނައިގެންނެވެ.

3.3      އެސްޓިމޭޓް ހުށަހަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.

  1. މަސައްކަތުގެ ބޭސްރޭންޖް އަދި ފައިސާ އުނިކުރުން.

4.1      މި މަސައްކަތަށް ބޭނުންވާ ސިލީންގް އަގެއް ކަނޑައެޅިފައިނުވެއެވެ.

 

4.2      މިމަސައްކަތް ނުނިމި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް، މާލިއްޔަތުގެ ޤަވާއިދުގެ 10:71 ގައިވާ ގޮތުގެ މަތިން، ފައިސާ އުނިކުރެވޭނެއެވެ.

ތަފްސީލް: ޖުމްލަ އަގު X 0.005 (ޕްއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި ގުނަކުރުމުން ޖެހޭ އަދަދެވެ. (CP*0.005*LD)،

 

 

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 11 ވަނަ ދުވަހު 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2026 އޮގަސްޓް 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވަނީ  9900297 ނަންބަރަށެވެ.

             ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 އޮގަސްޓް   2026

03 އޮގަސްޓް 2026