ދިވެހިރާއްޖެ
ދ.ހުޅުދެލީގައި ދިރިއުޅެން ފަށާފައި ނުވާ ގޯތިތަކާއި، މީހުން ދިރިނޫޅޭ ގިނަ އަދަދެއްގެ ގޯތި ތަކެއް ހުރިކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މި ގޯތިތަކާއި، އެ ގޯތިތަކާ އިންވެގެންވާ މަގުތަކުގައި ވަރަށް ބޮޑަށް ވިނަފަޅާ ގަސްބޯވެފައި ހުރުމުގެ ސަބަބުން، މަގުތަކުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދެއެވެ.
މިގޮތަށް ގޯތިތައް ބެލެހެއްޓުމެއްނެތި ދޫކުރެވިފައިވުމުގެ ސަބަބުން، އިޖުތިމާޢީ އެކި މައްސަލަތަކުގެ އިތުރުން، މަދިރި އާލާވުން ފަދަ ސިއްޙީ ނުރައްކާތައް ކުރިމަތިވެ، ރަށުގެ ސާފުތާހިރުކަން ގެއްލެމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.
ރަށުގައި ސާފުތާހިރު ވެއްޓެއް ގާއިމުކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ މުޖުތަމައެއް ބިނާކުރުމަކީ މި ކައުންސިލުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. އެހެންކަމުން، މިދެންނެވި ފަދަ ގޯތިތަކުގެ ވެރިފަރާތްތަކުން، ގޯތި ތަކުގެ އެތެރެ އާއި ، ގޯތީގެ ވަށައިގެންވާ މަގުގެ ދެބައިކުޅަ އެއްބަޔާއި، ގޯއްޗާއި ގުޅިފައިވާ އެހެން ސަރަޙައްދު ތަކުގެ ، 15 ފޫޓް ، 17 އޮގަސްޓް 2026 ދުވަހުގެ ނިޔަލަށް ސާފުކޮށް ނިންމެވުމަށް އަންގާ އިޢުލާން ކުރީމެވެ.