ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2016/2
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 14 ފެބުރުވަރީ 2016 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

ހިއުމަން ރިސޯސް އޮފިސަރ    

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

މަގާމުގެގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

 

ތަޢުލީމާއި ތަޖުރިބާ:

ތަޢުލީމީ ފެންވަރު:

ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗެލަރސް ޑިގްރީ) ހާސިލުކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ:

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

  1. އޮތޯރިޓީގެ މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައި ޓްރެއިނިންގ ރިކުއާމެންޓް ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  2. އޮތޯރިޓީގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް، އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ކުރުން.
  3. އޮތޯރިޓީގެ މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަސް ނިމުމުން، ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  4. އޮތޯރިޓީއަށް މުވައްޒަފުން ހޯދުމާއި، ކުރިއެރުން ދިނުމާއި، ވަކިކުރުމާއި، ޗުއްޓީ ދިނުމާބެހޭގޮތުން ސުޕަވައިޒަރަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެކަމާގުޅޭ ލިޔެކިޔުން ތައްޔާރުކުރުން.
  5. އޮތޯރިޓީން އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން.
  6. އޮތޯރިޓީގެ މުވައްޒަފުންގެ ރަޖިސްޓްރީއާއި، މަގާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  7. އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި، ބޯޑު މެންބަރުންގެ ސިޓިންގ އެލަވަންސް ތައްޔާރުކޮށް، ބޭންކް އެކައުންޓްތަކަށް ޖަމާކުރުމަށްޓަކައި ލިޔެކިޔުންތައް ފުރިހަމަކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން. 
  8. އޮތޯރިޓީގެ މުވައްޒަފުންގެ ޕާސަނެލް ޕައިލްތަކުގައި ހުންނަންޖެހޭ ލިޔުންތައް ފައިލްކުރުމާއި، އެ ފައިލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. މުވައްޒަފުންގެ ކަންތައްތަކާ ގުޅިގެން ހިއުމަން ރިސޯސް ޕެނަލަށާއި ބޯޑަށް ހުށަހަޅަންޖެހޭ މައުލޫމާތު ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކުރުން.
  10. އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  11. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކޮށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ  ލިޔެކިއުންތައް،  2016  ފެބުރުވަރީ  14  ވަނަ  ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިންޓަވިއު:

މި މަގާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 

ނޯޓު:

1. މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީކުރެވޭނެއެވެ.

2.  މި މަޤާމަށް މުވައްޒަފަކު ހޮވޭނީ، ތަޢުލީމާއި ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ފެންވަރާއި، ހުނަރާއި، ޤާބިލްކަމަށް  ބަލައި،  ކުރެވޭ  އިންޓަވިއުން  އެންމެ  މަތިން  މާކްސް ލިބޭ  ފަރާތެއްގެ  ކުށުގެ  ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

3. އޮތޯރިޓީގެ ވަޒީފާތަކަކީ، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

4. ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

 

 

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

24 ރަބިއުލްއާޚިރު 1437

03 ފެބުރުވަރީ 2016