ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285-MIM/285/2026/71
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:33
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމަށް އަގުކަނޑައެޅުމާއި ގުޅޭ

އިޢުލާން

ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމަށް އަގުކަނޑައެޅުމާއި ގުޅޭ

         ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެ ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ނ.ހެނބަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމަށް ސަރުކާރަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އަކަފޫޓަކަށް -/20 (ވިހި ރުފިޔާ ) ކަމުގައި ދަންނަވަމެވެ.

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              20 ޞަފަރު 1448

04 އޮގަސްޓް 2026