ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގައި މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުން ، އިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ފޯމު ލިންކު: https://forms.gle/pr63wM3twSkcPj8k6
ލޭޓް އެންޓްރީ އެޕްލިކޭޝަނަށް އެދުމުގެ މުއްދަތަކީ 2026 އޮގަސްޓް 3 ވާ ހޯމަ ދުވަހުން ފެށިގެން 2026 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހަށެވެ. އެޕްލިކޭޝަންތަކުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ބަންޑޭރި ޕޭ ޕޯޓަލްއިން ފައިސާ ދައްކާނެ ގޮތުގެ ގައިޑްލައިން މަތީގައިވާ ލިންކުގައި ހިމަނާފައި ވާނެއެވެ.
* ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެންމެ ފަހު ވަގުތަކީ 2026 އޮގަސްޓް 6 ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ.