ދިވެހިރާއްޖެ
| މަޤާމް :ޕްރޮކިއުމަންޓް އެސޯސިއޭޓް | |
|---|---|
| ބޭނުންވާ އަދަދު :2 | |
|
މަހަކު 5,600 ރުފިޔާ |
އަސާސީ މުސާރަ |
|
- މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް) - ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް) - މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް. - ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް. |
އިތުރު އިނާޔަތްތައް |
|
- މަތީ ސާނަވީ އިމްތިޙާނުގެ (އޭ-ލެވެލް) މަދުވެގެން 2 މާއްދާއިން 'ސީ' ފާސް ލިބިފައިވުމާއެކު، ދިވެހި މާއްދާއިން 'ސީ' ފާސް ހާސިލުކޮށްފައިވުން. |
ޝަރުތު |
|
- ރިކުއެސްޓް ފޯމު އެސައިންކުރާ ދުވަހު ނުވަތަ ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ ނިޔަލަށް، އެ ފޯމުތަކުގައި ހިމެނޭ ތަކެތީގެ އަގު ހޯދުމަށް އިންކުއަރީ ފޮނުވުން. - އެސައިންކުރެވޭ ރިކުއެސްޓް ފޯމުތަކަށް ބޭނުންވާ މިންވަރަށް ކޯޓޭޝަން ލިބިފައިވާނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި ޕާރޗޭސް އޯޑަރު ތައްޔާރުކޮށް، ހުއްދަ ލިބުމާއެކު ސަޕްލަޔަރަށް ފޮނުވުން. - ޕާރޗޭސް އޯޑަރު ފޮނުވުމަށްފަހު، ވެންޑަރުން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭކަން ކަށަވަރުކުރުން (އޯޕަން ޕީ.އޯ މޮނިޓަރކުރުން). - މުދާ ނުވަތަ ޚިދުމަތް ލިބުމުން، އެތަކެތި ސިސްޓަމުން ރިސީވްކޮށްފައިވޭތޯ ދުވަހުން ދުވަހަށް ބަލައި ފޮލޯއަޕް ހެދުން. އަދި ރިސީވްކޮށްފައި ނުވާނަމަ، އެކަން ލިޔުމުން ކަމާބެހޭ ސުޕަވައިޒަރަށް ނުވަތަ ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް އެންގުން. - ހަވާލުކުރެވޭ މަސައްކަތްތަކުގެ ކުރިއެރުން ބަލައި، ކޮންމެ ހަފްތާއަކު އެއްފަހަރު މަސައްކަތުގެ އަޕްޑޭޓް ރިޕޯޓު ތައްޔާރުކޮށް ސުޕަވައިޒަރަށް ހުށަހެޅުން. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
|
- ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) |
މަސައްކަތްކުރަންޖެހޭ ވަގުތު |
|
- ޕްރޮކިއުމަންޓް |
މަސައްކަތް ކުރަންޖެހޭ ތަން |
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ - (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. - (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި |
|
2026 އޮގަސްޓް 09 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން. |
ސުންގަޑި |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2026 އޮގަސްޓް 12 އާއި 31 އާއި ދެމެދުގައެވެ. |
އިންޓަރވިއު މުއްދަތު |
|
މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އޮގަސްޓް 09 ވަނަ ދުވަހުގެ 15:30ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. |
ހުށަހަޅަންޖެހޭ އޮފީސް |
|
ޖޮބް ޕޯޓަލް ލިންކް |