ދިވެހިރާއްޖެ
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ނިލަންދޫ، ދިވެހިރާއްޖެ
ނަންބަރު: (IUL)668-A/2026/05
އިޢުުލާން
ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
ގއ. ނިލަންދޫ މެޖިސްޓްރޭޓުގެ ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 11 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 12:00 އަށް ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820744 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 19 އޮގަސްޓު 2026
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
20 ޞަފަރު 1448
03 އޮގަސްޓު 2026