މަސައްކަތް
ނަންބަރު: (IUL)BCC-SDRS/1/2026/42
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 26 އޮގަސްޓް 2026 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުން

ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ)އިން އިންތިޒާމްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތަށް:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން؛
  2. އުމުރުން 21 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައި ވުން؛
  3. ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން؛
  4. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުން؛
  5. ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުން.

 

 ފަނޑިޔާރުކަން ކުރުމަށް ހުށަހެޅޭނެ ގިންތިތައް:

މި އިއުލާނުގެ ޖަދުވަލު 1 ގައި ފަނޑިޔާރުކަން ކުރުމަށް ހުށަހެޅޭނެ ގިންތިތަށް ބަޔާންކޮށްފައި ވާނެއެވެ.

އެއް ގިންތިއަށް ވުރެ ގިނަ ގިންތިން ފަނޑިޔާރުކަން ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.

 

ފަނޑިޔާރުން ހޮވުމުގައި ބަލާނެ ކަންކަން:

  1. ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިން ހާސިލުކޮށްފައިވާ ސަނަދުތައް؛
  2. ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިއާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތު؛
  3. ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތީގެ މަސައްކަތަށް އަހުލުވެރި މިންވަރު؛
  4. ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތީގެ މަސައްކަތާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރު؛
  5. ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާ ގިންތިން ހޯދައިފައިވާ ކާމިޔާބީ؛
  6. މިފަދަ މައުރަޒުތަކާއި މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށް ހޯދާފައިވާ ޢަމަލީ ތަޖުރިބާ؛
  7. ކަނޑައެޅިފައިވާ މުއްދަތުގައި ފަނޑިޔާރުކަން ކުރުމަށް އެކަށީގެންވާ ވަގުތު ދެވުން.

 

އެލަވަންސް:
ބީ.ސީ.ސީ. އިން ނިންމާގޮތެއްގެ މަތީން ފަނޑިޔާރުންނަށް އެލަވަންސެއް ދެވޭނެއެވެ. 

 

ފަނޑިޔާރުކަން ކުރަން ހަމަޖެހިފައިވާ މުއްދަތު:

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމުގެ ކަންކަން ކުރިއަށް ދާނީ 01 އޮކްޓޯބަރު 2026 އިން 23 އޮކްޓޯބަރު 2026ގެ ނިޔަލަށެވެ.

މި އިއުލާނާއި ގުޅިގެން ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ފަނޑިޔާރުންގެ ޕޫލަށް ހޮވޭ ފަރާތްތަކަށް ޚާއްސަކޮށް ބޭއްވޭ އޮރިއެންޓޭޝަންއާއި ޓްރެއިނިންގް ސެޝަންތައް 15 ސެޕްޓެމްބަރ 2026 އާއި 30 ސެޕްޓެމްބަރ 2026އާ ދެމެގެ މުއްދަތެއްގައި ބޭއްވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފަނޑިޔާރުކަމަށް އެދި ހުށައަޅާ ސިޓީ
  2. ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)
  5. ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ތަޖުރިބާ އަންގައިދޭ ރިފަރެންސް ސިޓީ ނުވަތަ އެހެނިހެން ލިޔެކިޔުންތައް. (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)

 

ފަނޑިޔާރުކަން ކުރުމަށް އެދި ހުށަހަޅާނެ ގޮތް:

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ވާދަކުރުމުގެ ބައިގައި ފަނޑިޔާރުކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަށް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް 26 އޮގަސްޓު 2026ގެ 15:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.

03 އޮގަސްޓް 2026