މަސައްކަތް
ނަންބަރު: (IUL)318-PP/318/2016/9
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 11 ފެބުރުވަރީ 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަށައިފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން

ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ވަށައިފާރު މަރާމާތު ކުރުމާއި، ގޯތިތެރެ ޒީނަތްތެރިކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1) ގޯތީގެ ވަށައިފާރުގެ ބައެއް ރާނައި އަދި ބައެއް މަރާމާތުކޮށްދިނުން.

2) ގޯތިތެރޭގައި ހިނގާ މަގުތައް ހަދައި ގައު އަތުރައިދިނުން.

3) ގޯތިތެރޭގައި ގަސް އިންދައި ބެޑްތައް ރާނައި ވެލި އަޅައިދިނުން.

4) ދިދަ ދަނޑީގެ ބުޑާއެކު ދިދަ ދަނޑި ހަރުކޮށްދިނުން.

5) 3 ގޭޓު ހަދައި ހަރުކޮށްދިނުން.

6) ގާޑް ޕޯސްޓް ހަދައިދިނުން.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީދުވަސްތަކުގައި ރަސްމީގަޑީގައި 0002 660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

03 ފެބުރުވަރީ 2016