މަސައްކަތް
ނަންބަރު: (IUL)242/242/2016/2
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 21 ފެބުރުވަރީ 2016 11:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރަށްތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާ ބެހޭ

އިޢުލާން

ގދ އަތޮޅުގައި ދަނޑުވެރިކަންކުރާ ރަށްތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާ ބެހޭ

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުގެ ދަނޑުވެރިކަންކުރާ ރަށްތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ އެހީ ބޭރުގެ ޖަމްޢިއްޔާ، ޖަމާޢަތްތަކުން ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ޕްރޮޕޯސަލް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހު 11.00 އަށް ޕްރޮޕޯސަލް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ރަބީޢުލްއާޚިރު 1437  

03 ފެބުރުވަރީ 2016