ކުއްޔަށް ހިފުން
ނަންބަރު: (IUL)267-ESMS/267/2026/58
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 09 އޮގަސްޓް 2026 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް އެޓޯލްސް ޗެންޕިއަންޝިޕްގައި ބައިވެރިވެފައިވާ ކުމުންދޫ ފުޓްސަލް ޓީމްގެ ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އެފް.އޭ.އެމް ފުޓްސަލް އެޓޯލްސް ޗެންޕިއަންޝިޕްގައި ބައިވެރިވެފައިވާ ކުމުންދޫ ފުޓްސަލް ޓީމު، މުބާރާތުގެ މެޗުތައް ކުޅުމަށްޓަކައި ހދ. ކުމުންދޫ އިން ހދ. ނޮޅިވަރަންފަރަށް ދަތުރުކުރުމަށް ބޭނުންވެއެވެ. ޝަޢުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ކޯޓޭޝަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަނޑު ދުއްވާ ހައިސްޕީޑް އުޅަނދުތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެދުނު 10:00 ގެ ކުރިން ކޯޓޭޝަން ޝީޓް މި އިދާރާގެ ރިސެޕްޝަނަށް ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

03 އޮގަސްޓް 2026