ކުއްޔަށް ދިނުން
ނަންބަރު: (IUL)391/391/2026/75
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 13 އޮގަސްޓް 2026 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ (ހޮޓާ، ރެސްޓޯރެންޓް) 30.5 ބިމާއި އެބިމުގެ އެންމެހާ އިމާރާތް ކުއްޔަށް ދިނުން

އިޢުލާން

ތިމަރަފުށީ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ (ހޮޓާ، ރެސްޓޯރެންޓް) 30.5 ބިމާއި އެބިމުގެ އެންމެހާ އިމާރާތް ކުއްޔަށް ދިނުން

ތ.ތިމަރަފުށި ބަނދަރު އުތުރު ސަރަހައްދުން، ހޮޓާ، ރެސްޓޯރެންޓް ބޭނުމަށް ކަނޑައަޅާފައިވާ ސަރަހައްދު 30.5 ނަންބަރު އިމާރާތް 25 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، އިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

ރަޖިސްޓްރީކުރުން: 

ރަޖިސްޓްރީކުރުން އޮންނާނީ 3 އޮގަސްޓް 2026 ވަނަ  ދުވަހުން ފެށިގެން 11 އޮގަސްޓް 2026  ވަނަ ދުވަހުގެ  ނިޔަލަށް  ( ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް)، ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެ،

ރަޖިސްޓްރޭޝަން ފީ:

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އަށެވެ. 

 *އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. 

 - އެކައުންޓް ނަންބަރު: 7725700323001

- އެކައުންޓް ނަން: 1441 KHARADHU 1

- ފޯން :  6780675

ޕްރީބިޑް މީޓިން: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 11 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected]

 

ބިޑް ހުށަހެޅުން: 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 13 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި

އެހެނިހެން ކަންކަން: 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780674/6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 އޮގަސްޓް 2026