ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2026/90
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:11
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ބިމުގައި ރުއްގަސް އިންދުމާގުޅޭ

ބަންޑާރަ ބިމުގައި ރުއްގަސް އިންދުމާގުޅޭ

 

މިކައުންސިލުގެ ނަންބަރ: (IUL)272-CA/272/2023/15 (15 ފެބްރުއަރީ 2023) އަދި            (IUL)272-ESMS/272/2023/43 (07 ޖޫން 2023) ވަނަ އިޢުލާނުންވާނީ، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ  ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދު ތަކުގައި ކަމަށާއި އަދި މިގޮތައް އިންދާ ރުއް ނުވަތަ ގަސް ދަފްތަރު ކުރެވޭކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެއްކަމުގައި ވާނީ އަންގާފައެވެ.

ނަމަވެސް ބައެއްފަރާތްތަކުން މި އެންގުމާއި ހިލާފަށް ބަންޑާރަ ބިންތަކުގައި ކައުންސިލުގެ ހުއްދަނެތި ރުއްގަސް އިންދަމުންދާކަން ވަނީ ކައުންސިލަށް ފާހަގަކުރެވިފައެވެ. ވުމާއިއެކު މިގޮތަށް އިންދަމުންދާ ރުއްގަހަކީ އެފަރާތްތަކުގެ ރުއްގަސް ނޫންކަމާއި އެފަދަ ރުއްގަހަކީ ބަންޑާރަ ތަކެތި ކަމުގައި ކައުންސިލުން ދެކޭ ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ތަކެތި ނަގަންޖެހޭ ހާލަތެއްގައި ނެގުމަށާއި ކެނޑުމަށް އެއްވެސް ބަދަލެއް ނުދެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިއަދުންފެށިގެން ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ  ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދެއްގައިކަމުގައި ދަންނަވަމެވެ. އަދި މިގޮތަށް އިންދާ ރުއް ނުވަތަ ގަސް ކައުންސިލުގައި ދަފްތަރު ކުރެވޭކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

03 އޮގަސްޓް 2026