ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2026/34
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި:
09 އޮގަސްޓް 2026 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤައުމީ ދުވަސް ފާހަގަކުރުން
ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން 14 އޯގަސްޓް 2026 ވާ ހުކުރު ދުވަހު ފިރިހެނުންނަށް ފުޓްބޯޅަ މެޗެއް އަދި އަންހެނުންނަށް ބަށި މެޗެއް ކުޅުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މެޗް ކުޅުމަށް ކައުންސިލުން ކަނޑައަޅުއްވާފައިވަނީ ދައުލަތުގެ މުއައްސަސާ އަދި ރަށުތެރެއިން ބައިވެރިވެލައްވާ ފަރާތްތަކުގެ ޓީމެއް ހިމެނޭ ގޮތަށެވެ.
އެހެންކަމުން، ފުޓްބޯޅަ އަދި ބަށި މެޗްގައި ރަށުތެރެއިން ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓް ކުރެއްވުމަށް 09 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ މަރްޔަމް މާޝާ މުހައްމަދު 7968434 އަށް ވައިބަރ އިން ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަންބަރ ފޮނުއްވުން އެދެމެމެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
03 އޮގަސްޓް 2026