ބީލަން
ނަންބަރު: (IUL)245-MIM/245/2026/56
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 17 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން އުޞޫލުން ބިން ގަތުމަށް ފުރުޞަތު ހުޅުވާލުން

  1. ހއ. އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި އޮތް، 2500 އަކަފޫޓުގެ 03 ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށް 2025 މެއި 25 ގައި ކުރެވުނު ނަންބަރު: (IUL)245-MIM/245/2025/77 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައިނުވާތީ، ބިން ގަތުމަށް އެދި ބީލަން ހުށަހެޅުމަށް 2 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ވީމާ، ބީލަން އުޞޫލުން މި ބިންތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏03‏ އޮގަސްޓް‏ 2026 އިން ‏11‏ އޮގަސްޓް‏ 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.cloud.microsoft/r/r0i6u3eEjx

  1. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏11‏ އޮގަސްޓް‏ 2026‏ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވުން އެދެމެވެ.
  2. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏17‏ އޮގަސްޓް‏ 2026‏ ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  3. ބީލަން ފޮތާއި ފޯމްތައް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.
03 އޮގަސްޓް 2026