މަސައްކަތް
ނަންބަރު: 644-A/2026/10
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 13 އޮގަސްޓް 2026 11:00
ކޮޅުމަޑުލު ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ހަދަންފަށާފައިވާ ފާޚާނާގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

މިކޯޓުގައި ހަދަންފަށާފައިވާ ފާޚާނާގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މިކޯޓުގައި ހަދަން ފަށާފައިވާ ފާޚާނާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން  2 ފަހަރު އިއުލާނު ކުރުމުންވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެފަދަ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ  ބައްދަލުވުން(ޕްރީބްޑް މީޓިންގ)، 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަމްބަރ: 2014/19( ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ އަންދާސީ ހިސާބު ( އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ލިއުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެވާހަކަ ދަންނަވަމެވެ. މި މަސައްކަތާ ގުޅެ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ރަސްމީ ގަޑީގައި މިކޯޓަށް ދުރުވެ، ނުވަތަ މިކޯޓުގެ ނަމްބަރު 6780539 އަށް ގުޅުއްވުން އެދެމެވެ.

03 އޮގަސްޓް 2026

03 އޮގަސްޓް 2026