ބީލަން
ނަންބަރު: (IUL)322/322/2026/91
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި:
13 އޮގަސްޓް 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު - ކުރިއަށް އޮތް 5 އަހަރުގެ (2027-2031) ބ.ހިތާދޫގެ ތަރައްޤީ ޕްލޭން ހެދުން
- ކުރިއަށް އޮތް 5 އަހަރުގެ (2027-2031) ބ.ހިތާދޫގެ ތަރައްޤީ ޕްލޭން ހެދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 06 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- މި ބީލަމާގުޅިގެން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމާއި، ބީލަން ފޮތާއި އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމް، މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮގަސްޓް 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް، ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގައިވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް މެއިލްކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- އީމެއިލް: [email protected]
03 އޮގަސްޓް 2026