ދިވެހިރާއްޖެ
އިޢުލާން
ލުވޭޒާމަންޒިލް މުނީޒާ އާދަމަށް ދޫކޮށްފައިވާ ގޯތީގެ އިރުން އޮތް ހުސްބިމާއި އުތުރުން އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން
މިރަށު ލުވޭޒާމަންޒިލް މުނީޒާ އާދަމަށް ދޫކޮށްފައިވާ ގޯތީގެ އިރުން އޮތް ހުސްބިމާއި އުތުރުން އޮތް ހުސްބިމުގައި ހުރި ބައެއް ރުއް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ނޫ ކުލައިން 1 ން 06 އަށް ރަސްގެ (X) ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2026 އޮގަސްޓް 06 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް. މިގޯތި އޮންނާނީ ކަރާބޭ ހިނގުމުގައެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.