ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލޭގައި ބިނާކުރާ އައިކޯނިކް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގެ ސޮއިލް އެނަލައިސިސް، ވޯޓަރ ޓެސްޓިން އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ހަދައިދޭނެ ފަތާރެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)142-A5/142/2026/157 (16 ޖުލައި 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 އޮގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.cloud.microsoft/r/3irLHmVdYy
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓް 10 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.