ދިވެހިރާއްޖެ
އިޢުލާން
އޮގަސްޓް 2026 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 20 އޮގަސްޓް 2026ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކުރެވިފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި ވަނީ ޝާއިޢު ކުރެވިފައެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދާނެއެވެ. މި ކޯސްތަކަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އެޕްލިކޭޝަން ބަލައިގަތުން ފެށުމަށް ހަމަޖެހިފައިވަނީ 03 އޮގަސްޓް 2026 ވާ ހޯމަ ދުވަހު 12:00 ގައެވެ. އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 2