|
ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު
|
ނަންބަރު: (IUL)195-C/195/2024/37
|
|
ތާރީޚް: 03 އޮގަސްޓު 2026
|
|
ބޭނުންވާ ޢަދަދު
|
ބޭނުންވާ މަޤާމު
|
ބޭނުންވާ މެޖިސްޓްރޭޓްކޯޓް
|
|
1
|
މެޖިސްޓްރޭޓް
|
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
|
|
1
|
އިސްމެޖިސްޓްރޭޓް
|
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
|
|
1
|
އިސްމެޖިސްޓްރޭޓް
|
މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
|
|
1
|
މެޖިސްޓްރޭޓް
|
އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
|
|
މުސާރައާއި ޢިނާޔަތް
|
|
އަސާސީ މުސާރަ
|
26,350.00 ރުފިޔާ
|
|
ލިވިންގ އެލަވަންސް
|
12,000.00 ރުފިޔާ
|
|
ރިސްކް އެލަވަންސް
|
1,650.00 ރުފިޔާ
|
|
ފޯނު އެލަވަންސް
|
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
|
މެޑިކަލް އިންޝުއަރެންސް
|
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ.
|
|
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
|
|
އަޚްލާޤާއި ސުލޫކު
|
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
- ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން
|
|
ޢުމުރު
|
ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
|
|
ތަޢުލީމާއި ތަޖުރިބާ
|
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް އޮފިސަރކަމުގެ މަޤާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛
|
|
ފަނޑިޔާރުކަމަށް އެދި
ހުށަހަޅަންޖެހޭ ތަކެތި
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
- ވަނަވަރު.
- ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް.
- ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
- ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް.
- ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
- ޤާނޫނީ ދާއިރާގެ އަންޑަރގްރެޖުއޭޓް ނުވަތަ އެއަށްވުރެ މަތީ ކޯސްތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ މަސައްކަތްކުރި މުއްދަތާއި މަހަކު ނަގައިދެނީ ކިތައް ގަޑިއިރުކަން އެގޭނެ ލިޔުމެއް.
- ސެމިނަރ، ވޯރކްޝޮޕް ތަކުގައި ޤާނޫނީ ދާއިރާއާއި ގުޅުންހުރި ޕޭޕަރު ލިޔެ ހުށަހަޅާފައިވާނަމަ އެކަމާގުޅޭ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ފަނޑިޔާރުކަމަށް ކުރިމަތިލަ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނެ އިލެކްޝަން ކޮމިޝަންގެ ލިޔުން.
- ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
- ލޯ ފަރމެއްގައި ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެގޭނެ ލިޔުން.
ނޯޓް:
- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
|
|
ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅުއްވާނީ 12 އޮގަސްޓު 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮންނެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން (12 އޮގަސްޓު 2026 ވަނަ ދުވަހުގެ 12:00) މި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.
ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.
https://apply.jsc.gov.mv
|
|
ޤަވާއިދު
|
މި އިޢުލާނުގައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަނުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
|
އިތުރުމަޢުލޫމާތު
|
-އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ކޮމިޝަނުގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ފަނޑިޔާރުކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން، ކޮމިޝަނުގެ ވެބްސައިޓުންނާއި އަދި ކޮމިޝަނުގެ ކައުންޓަރއިން ލިބޭނެއެވެ.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.
|