ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
1. މަޤާމު: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމުގެ ރޭންކް: އެލް. އެސް. 2 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: އޯޑިޓް |
|||
މަސައްކަތްކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||||
އަސާސީ މުސާރަ |
-/9،412 ރުފިޔާ |
||||
އެލަވަންސް: |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %65 - ސަރވިސް އެލަވަންސް: -/3،000 ރުފިޔާ - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ 3,000 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
އަސާސީ ޝަރުޠު: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
1- ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިންޓަރނަލް އޮޑިޓް ހަދައި، ފާހަގަކުރެވޭ ކަންތައްތަކުގެ ރިޕޯޓް ތައްޔާރުކޮށް، އެކަންތައް ޙައްލުކުރުމަށް އެޅެންއޮތް ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ރިކޮމަންޑްކުރުމާއި، މިކަންތައް ހިންގައި ބެލެހެއްޓުން. 2- ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރޭތޯއާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ޢަމަލުކުރޭތޯ ބަލައި، އެ ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް، ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ކުރިއަށްގެންދިއުން. 3- ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އިންޓަރނަލް އޮޑިޓް ކުރުމާބޭހޭ ޓޫލެއް ތައްޔާރުކޮށް، އެ ޓޫލާ އެއްގޮތަށް އޮޑިޓްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 4- ޝަރުޢީ ދާއިރާގެ ކޯޓެއް ނުވަތަ އިދާރާއެއްގައި ވައްކަމުގެ ހާދިސާއެއް ނުވަތަ އަލިފާނުގެ ހާދިސާއެއް ފަދަ ކަމެއް ހިނގައިފިނަމަ، ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު ހިމަނައިގެން އެތަނެއްގައިހުރި ހަރު މުދަލާއި ފައިސާއާބެހޭ ރިޕޯޓެއް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންތައް ހިންގާ ބެލެހެއްޓުން. 5- އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ޑިޕާޓްމަންޓުގެ އެހެން ސެކްޝަންތަކާ ގުޅޭ ކަންތައްތައް އެ ސެކްޝަނަކަށް ހުށަހަޅައިގެން އިޞްލާޙްކުރުވުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 6- މެޖިސްޓްރޭޓް ކޯޓްތަކުގެ އެކައުންޓްތައް މަހަކު އެއްފަހަރު ރީކޮންސައިލް ކުރުވުމުގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން. 7- އަތޮޅުތަކުގެ ޝަރުޢީ ކޯޓުތަކުން ފޮނުވާ ޚަރަދު ރިޕޯޓުތައް ޗެކްކޮށް އެންޓަރ ކުރުވުމާއި، ފާހަގަކުރެވޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 8- ކޮންމެ އަހަރަކުވެސް އޮޑިޓްކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް، އެތަންތަން އޮޑިޓްކުރުމަށްޓަކައި ޕްލޭނެއް ތައްޔާރުކޮށް އެއާއެއްގޮތަށް މަސައްކަތް ހިނގާތޯ ބެލުން. |
||||
2. މަޤާމު: |
ޑިރެކްޓަރ |
މަޤާމުގެ ރޭންކް: އީ. އެކްސް. 1 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: ޖުޑީޝަލް އާކައިވް |
|||
މަސައްކަތްކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||||
އަސާސީ މުސާރަ: |
-/8،835 ރުފިޔާ |
||||
އެލަވަންސް: |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: -/2،000 ރުފިޔާ - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
އަސާސީ ޝަރުޠު:
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެމް. އެސް. -4 ގެ ރޭންކުގައި 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
1- ޝަރުޢީ ދާއިރާގެ ކޯޓުތަކުންނާއި، އިދާރާތަކުން ފޮނުވާ ޝަރުޢީ ލިއުންތައް ސެކްޝަނަށް ބަލައިގަނެ މެމްސް ސިސްޓަމަށް އަޕްލޯޑުކުރުވުމާއި، ރައްކާތެރިކަމާއެކު ލިއުންތައް ތަރުތީބުކޮށް ފައިލުކޮށް ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، އެކަންތައް ހިންގައި ބެލެހެއްޓުން. 2- ދުވަސްވީ ޝަރުޢީ ލިއުންތަކާއި އާރކައިވް ކުރެވޭ އެންމެހައި ލިއުންތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން. 3- ވަރި ކައިވެނީގެ މައި ދަފްތަރު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒުކުރުން. 4- ދުވަސްވީ ލިޔެކިއުންތައް ބެލެހެއްޓުމަށް ހަދާ ޕޮލިސީތައް ހެދުމަށް ބޭނުންވާ ލަފާދިނުމާއި، ޕޮލިސީތައް ތަންފީޒްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 5- ޤައުމީ އަރުޝީފުގެ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރުޢީ ދާއިރާގެ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން. 6- އާކައިވް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތް ޤަވާޢިދުން ސުޕަވައިޒުކޮށް ބެލެހެއްޓުން. |
||||
3. މަޤާމު: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ރޭންކް: އެމް.އެސް 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: ސްޓެޓިސްޓިކްސް |
|||
މަސައްކަތްކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||||
އަސާސީ މުސާރަ: |
-/7،035 ރުފިޔާ |
||||
އެލަވަންސް: |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: -/2،000 ރުފިޔާ - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
އަސާސީ ޝަރުޠު:
|
1- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
1- ތަފާސްހިސާބާ ގުޅޭ ޕޮލިސީތައް އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ޕޮލިސީތަކުގެ ޑްރާފްޓް ތައްޔާރުކުރުން. 2- ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 3- ޝަރުޢީ ދާއިރާއިން ބަލަހައްޓަންޖެހޭ ސާބިތު ދަރަންޏާއި ޚަރަދާ ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން. 4- ތަފާސްހިސާބު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން. 5- ތަފާސްހިސާބު ދިރާސާކޮށް، އެކިކަހަލަ ރިޕޯޓްތައް ތައްޔާރުކޮށް ޝާއިޢުކުރުން. 6- ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުުމުގެ ކަންތައް ހަރުދަނާކޮށް، އެ މަޢުލޫމާތު ރައްޔިތުންނަށް ފެންނަހެން ޢާންމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. |
||||
4. މަޤާމު: |
ޖެނެރަލް ސަރވިސް ސުޕަވައިޒަރ |
މަޤާމުގެ ރޭންކް: ޖީ. އެސް. 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: ހައުސް ކީޕިންގ |
|||
މަސައްކަތްކުރަންޖެހޭ ތަން: |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||||
އަސާސީ މުސާރަ: |
-/4،465 ރުފިޔާ |
||||
އެލަވަންސް: |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: -/1،500 ރުފިޔާ - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||
އަސާސީ ޝަރުޠު:
|
1- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||||
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
|
||||
ހުށަހަޅަންޖެހޭ ތަކެތި:
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||||
ސުންގަޑި: |
2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ. |
||||
އިތުރު މަޢުލޫމާތު: |
|
||||
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
|
||||
29 ރަބީޢުލްއާޚިރު 1437 |