ޢާންމު މަޢުލޫމާތު
ނަންބަރު: WAMCO-BDM/IUL/2026/0022
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 09:25
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއިން ކުނި ބަލައިގަތުމުގެ އުޞޫލާއި ގުޅޭ

މުޅި ރާއްޖޭގެ ނިސްބަތުން ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވޭ ކުންޏެވެ. އަދި ތިލަފުށި ފެސިލިޓީއަށް ގެނެވޭ ކުނި ހުންނަން ވާނީ އުޞޫލާއި އެއްގޮތަށް ވަކި ކުރެވިފައި ކަމުގައި ވީނަމަވެސް ގިނަ ކަސްޓަމުން ގެންނަ ކުނި ހުންނަނީ ވަރަށް ބޮޑަށް އެއްކުރެވިފައެވެ. މީގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ގިނަ ގުނަ ދަތިތަކާއި ކުރިމަތި ލާންޖެހެއެވެ. މިގޮތުން ތިލަފުށީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީވެސް ގެނެވޭ ކުނި ވަކި ނުކޮށް އެއްކޮއްފައި ހުރުމުގެ ސަބަބުންނެވެ.

ތިލަފުށި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެވޭ ކުނި ވަކި ކުރެވިފައި ހުންނަން ވާނީ ގާކުނި، އެހެނިހެން ކުނި އަދި ބޮޑެތި ކުނި މި ތިން ބަޔަށެވެ. ޚާއްޞަކޮށް ގާކުނި ހުންނަންވާނީ އެހެނިހެން ކުންޏާއި އެއް ނުވާނޭހެން ވަކިކުރެވިފައެވެ. ދެމެހެއްޓެނިވި އުޞޫލެއްގެ ތެރޭން ކުނި މެނޭޖްކުރުމަށާއި މިކޯޕަރޭޝަންގެ މުއައްޒަފުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަޔާންކުރެވިފައިވާ ގިންތިތަކަށް ކުނި ވަކިކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ.

ވަކި ނުކޮށް އެއްކޮއްގެން ކުނި ގެންނަ ފަރާތްތަކަށް ތިލަފުށި ރީޖަނަލް ފެސިލިޓީއިން ޚިދުމަތް ފޯރުކޮށް ނުދެވޭނެ ވާހަކަ ހަނދުމަފުޅު އަރުވަމެވެ. ތިލަފުށި ފެސިލިޓިއިން ޚިދުމަތް ފޯރުކޮއްދެވޭނީ ކުނި ވަކި ކޮއްގެން ގެނައުމުން ކަންދަންނަވަމެވެ. މީގެ އިތުރުން ޤަވާއިދާއި އެއްގޮތަށް ކުނި އުކާލެވޭކަން ޔަޤީން ކުރުމަށް، ކުނި ވަކިކޮށް އިސްލާހު ކުރުމަށް ފޮނުވާލެވޭ އުޅަނދުފަހަރުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރެވޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. ކުނި ލޯޑުކުރުމުގައި ތިރީގައި ވާ ލޭންޑިންގް ކްރާފްޓްގެ ކުރެހުމާއި އެއްގޮތަށް ލޯޑު ކުރުމަށް ސަމާލުކަން ދިނުންމަށް އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާ ނަމަ މި ކޯޕަރޭޝަނުގެ ހޮޓްލައިން 1666 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

17 B   1448

02 އޯގަސްޓް 2026

 

 

02 އޮގަސްޓް 2026