ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391/391/2026/74
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 20:55
ސުންގަޑި:
05 އޮގަސްޓް 2026 12:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލައިފްގާޑް ތަމްރީނާއި ވޯޓަރ އެއަރޯބިކްސް ޕްރޮގްރާމާ ގުޅޭ
އިޢުލާން
ލައިފްގާޑް ތަމްރީނާއި ވޯޓަރ އެއަރޯބިކްސް ޕްރޮގްރާމާ ގުޅޭ
ތ. ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން، 2026 އޯގަސްޓް 7 އިން 13 އަށް "ލައިފްގާޑް ޓްރޭނިންގ" އަދި "ވޯޓަރ އެރޯބިކްސް" ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް އަމަލުކުރެއްވުން އެދެމެވެ.
- ލައިފްގާޑް ޓްރޭނިންގ: މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- ވޯޓަރ އެރޯބިކްސް: ބައިވެރިވުމަށްޓަކައި 7847598 ނުވަތަ 7926477 އަށް މެސެޖު ކުރައްވައި ނަން ނޯޓުކުރެއްވުން އެދެމެވެ. (ހަމައެކަނި އަންހެން ބޭފުޅުންނަށް)
ވޯޓަރ އެރޯބިކްސް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 5 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޮގަސްޓް 2026