ކުއްޔަށް ދިނުން
ނަންބަރު: (IUL)314/INDIV/2016/13
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 14 ފެބުރުވަރީ 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކަމަދޫ ބަނދަރުގެ އިރުމަތި ފަރާތުގައިވާ ބިމުގައި ތެޔޮ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ބ. ކަމަދޫ ބަނދަރުގެ އިރުމަތި ފަރާތުގައިވާ ބިމުގައި ތެޔޮ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ބ. ކަމަދޫ ބަނދަރުގެ އިރުމަތި ފަރާތުގައިވާ ހުސްބިމުން 7250 (ހަތް ހާސް ދުއިސައްތަ ފަންސާސް) އަކަފޫޓުގެ 01 ބިން 25 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހެޅޭނެ ތާރީޚަކީ 3 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުން ފެށިގެން 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯޝަލް ހުށަހެޅުއްވުމަށް ބ. ކަމަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

ޕްރޮޕޯޝަލް ހުށަހެޅުއްވުން

މަޢުލޫމާތު ސާފުކުރެއްވުން

18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00

14 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00

މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ލިބިގަންނަ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ޝައުޤުވެރިވެ މިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ފުރިހަމަ ނުވާ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600051 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016