ދިވެހިރާއްޖެ
ރީޓެއިނަރ އުޞޫލުން މިއިދާރާއަށް، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފަރމް އެއް ހޯދުމާއި ބެހޭ:
މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކު ވެވޭ އެއްބަސްވުންތައް ފަރުމާ ކުރުމާއި އަދި ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ކުރާ، އަދި ކައުންސިލަށް ރައްދުވާ މައްސލަތައް ދިރާސާކޮށް، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކައުންސިލް ތަމްސީލުކޮށްދޭނެ ލޯ ފަރމެއް ކޮންޓްރެކްޓް އުޞޫލުން މީލާދީ ގޮތުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި، ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ފަރާތްތަކަށެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭހެން އަގުހިމަނައިގެން ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.
މި މަސައްކަތަށް އެވޯޑްވާ ފަރާތެއް ހޮވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.
|
އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ |
މާރކްސް |
|
އަގު: ރިޓެއިނަރ އުޞޫލުން ޤާނޫނީ ޚިދުމަތް ދިނުމަށް ހުށަހަޅާ މަހުފީ |
60% |
|
ތަޖުރިބާ 1: ޤާނޫނީ ޚިދުމަތްދޭން ހުށަހަޅާ ލޯ ފަރމްގެ ތަޖުރިބާ |
20% |
|
ތަޖުރިބާ 2: ލޯފާމުގައި މަސައްކަތްކުރާ ވަކީލުންގެ ހުއްދަ އަދި ތަޖުރިބާ |
20% |
މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 09 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/Lfw9stViRfPDdcfC8
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެވެ. އެހެންކަމުން ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވަމުގެ ކުރިން މިއިޢުލާނާއި ގުޅިގެން އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ވާނަމަ އެމަޢުލޫމާތުތައް މިއިދާރާ މެދުވެރިކޮށް ސާފުކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުން، ބިޑް ބަލައިގަތުމުގެ ސެޝަން އޮންނާނީ 12 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:45ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މި މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ހޭރިޔާމަގު ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.