ކުއްޔަށް ދިނުން
ނަންބަރު: (IUL)314/INDIV/2016/15
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 15 ފެބުރުވަރީ 2016 11:30
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް މަތީ ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކޮށްލުން

އިޢުލާން

ބަނދަރު ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް މަތީ ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކޮށްލުން

2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުދުވަހަށް ބަނދަރު ސަރަހައްދުގައި ފޯދިފައި ހުރި ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކޮށްލުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯޝަލް ހުށަހެޅުއްވުމަށް ބ. ކަމަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

ޕްރޮޕޯޝަލް ހުށަހެޅުއްވުން

2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 11:30 އަށް

2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ޕްރޮޕޯޝަލުން އެގެން ބޭނުންވާ މަޢުލޫމާތު

ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

ދާއިމީ އެޑްރެސް:

ދރކ ނަންބަރު:

ހުށަހަޅާ އެންމެ މަތީ އަގު (މަހަކަށް)

މިކަމަށް އެދި ޕްރޮޕޯޝަލް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ލިބިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލު ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600051 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.      

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                                                 24 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2016