ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2026/93
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 10 އޮގަސްޓް 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ހުރި ގަސްތައް ކޮށުމާއި ގުޅޭ

ރަށުގެ އެކިގޯތިތަކުން، ހެދިފައިވާ ގަސްތައް މަގުތަކާއި ގޯޅިތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް އަފިތަށް ތިރިވެފައިހުރިކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރަށުގައި ދުއްވާ ޕިކަޕްތަކާއި އެމްބިއުލާންސް ދުއްވުމަށާއި އަދި އެހެނިހެން އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް ދަތިތަކާއި ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.  އެހެންކަމުން '10 ފޫޓަށް ތިރި ވެފައިހުރި ގަސްގަހުގެ އަފިތަށް 10 އޮގަސްޓް 2026 ގެ ކުރިން ކޮށުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ގަސްގަހުގެ އަފިތަށް ކޮށާފާނުވާނަމަ  މި ކައުންސިލްގެ ފަރާތުން މި ތަކެތި ކޮށާ މަގުތައް ސާފުކުރެވޭނެ ވާހަކަ ދަންވަވަމެވެ. އަދި މިގޮތަށް ކޮށުމުގައި ލިބޭނެ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، 10 އޮގަސްޓް ގެ ކުރިން ގަސްތަކުގެ އަފިތަށް ކޮށާ މަގުމަތި ސާފު ކުރުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

02 އޮގަސްޓް 2026