ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/78
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:43
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ބިން ކަނޑައެޅުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމާއި ގުޅޭ

މިރަށުގައި އައުޓްޑޯ ޖިމަކާއި، ހޭންޑްބޯލް ކޯޓެއްގެ އިތުރުން ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް، 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު 20:15 ގައި ކައުންސިލް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރަށުގެ ތަރައްޤީއާއި ޒުވާނުންގެ ކުރިއެރުމާ ގުޅުންހުރި މުހިންމު ބައްދަލުވުމަކަށްވާތީ، 18 އަހަރާއި 40 އަހަރާ ދެމެދުގެ ހުރިހާ ޒުވާނުން ބައިވެރިވެވަޑައިގަތުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2026