މަސައްކަތް
ނަންބަރު: (IUL)197-A2/197/2026/30
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 11 އޮގަސްޓް 2026 10:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ފަޔަރވޯލް ލައިސަންސް ރިނިއުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޓަށް ބޭނުންވާ ފަޔަރވޯލް ލައިސަންސް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް އަޕްގްރޭޑްކޮށް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮގަސްޓު 2026 ވާ އަންގާރަ ދުވަހު 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 11 އޮގަސްޓު 2026 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

02 އޮގަސްޓް 2026