ދިވެހިރާއްޖެ
ވޭމަންޑޫ ފުޓްބޯޅަދަނޑު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތީވެ، އެސަރަހައްދު ވަކިކުރުމަށް މިއިދާރާއިން ފެންސު ޖަހާފައިވާނެއެވެ. މި ސަރަޙައްދަކީ ބޮޑެތި ވަޅުގަނޑުތަކާއި އަދި މަސައްކަތްކުރާ ސައިޓް ހަދާފައިވާ ތަނަކަށްވުމުން، އެސަރަޙައްދަށް އެއްވެސް ކުއްޖަކު، އެއްވެސް ބޭނުމެއްގައި ވަދެ ނުކުމެ ހެދުމަކީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެތީއާއި އަދި މަސައްކަތްކުރާ ފަރާތުންވެސް އެގޮތަށް އެސަރަޙައްދަށް ކުދިން ވަދެ ނުކުމެހެދުން ހުއްޓުވާ ދިނުމަށް މިއިދާރާގައި އެދެމުންދާތީ، މިގޮތަށް އެސަރަހައްދަ ކުދިން ވަދެނުކުމެ ހެދުން ހުއްޓުވައި ދެއްވުމަށް އެދި އެންމެހާ ބެލެނިވެރިންނަށް ދެންނެވީމެވެ.
ފުޓްބޯޅަ ދަނޑުގައި މިހާރު ހުސްކޮށް ކުދިން ކުޅުމަށް ބޭނުންކުރެވޭގޮތަށް އޮންނާނީ ފެންސުޖަހާފައިވާ ސަރަޙައްދުގެ އިރުމަތީ ފަރާތުގައިވާ ސަރަޙައްދެވެ. ކުދިން ކުޅުމަށް އެ ސަރަޙައްދަށް ފޮނުވުމުގައި އެންމެހައި ބެލެނިވެރިން މިކަމަށް ހާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.