ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލައް އައު 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ.
މި ކައުންސިލަށް 2 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ގަތުމަށް ބޭނުންވެއްޖެއެވެ. ޕިކަޕް ގެނެސްދިނުމަށް ބޭނުންންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. ޕިކަޕް އުނގޫފާރަށް ގެނެސްދިނުމަށް އެދި ހުށަހަޅާ ބިޑުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަނެވޭ ގޮތް ނުވާނަމަ ބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއަކާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިފައިގެން ދުރުވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ ގުޅުއްވާނީ ކައުންސިލްގެ މުނިސިޕަލް ސާރވިސް އޮފިސަރ އަޙުމަދު ފަޔާޟްގެ ނަންބަރު 7740426 އެވެ.
ތިރީގައި މިވަނީ ޕިކަޕް ގެނެސްދިނުމަށް އެދޭ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
ހުށަހަޅާ އަގަށް % 70
ޕިކަޕްގެ އައު ބައު މިނަށް % 20
ވޮރެންޓީއަށް % 10
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
25 ރަބީޢުލްއާޚިރު 1437