ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)HPL-CC/1/2026/11
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 12 އޮގަސްޓް 2026 14:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑް ވިޔަފާރި ބަނދަރުގައި ކްލިއަރ ނުކޮށް ގިނަދުވަސްވެފައިވާ މުދާ ނީލަން ކިޔުމާއި ބެހޭ

ރާއްޖެއަށް މުދާ އެތެރެކޮށް ހިތަދޫ ފޯޓް ލިމިޑެޓް ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
  • މުދާ ބެލުން : 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި

  3. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/

  • މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި، ސޭފްޓީ ޖެކެޓް އަދި ހެލްމެޓް އެކުގައެވެ.

  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.

 

  5. ނީލަން ކިޔުން: 11 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 އިން 12 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 އަށް.

  6. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ 07 ޖަނަވަރީ 2025 ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައިވާ(www.gazette.gov.mv/iulaan/322236)  މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ގެ ދަށުންނެވެ.

މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.    

02 އޮގަސްޓް 2026