ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2026/150
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 06 އޮގަސްޓް 2026 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސީޓީ އެގްޒެކެޓިވް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

އައިސީޓީ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

25000.00 ރުފިޔާ.

އިތުރުގަޑި:

މުސާރައިގެ %50

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްޝަންތަކާއި، އިމާރާތްތައް ބެހިފައިވާ ގޮތަށްބަލައި ތަނުގެ ނެޓްވާކް ރިކުއާމަންޓް ހެދުން
  2. ކައުންސިލް އިދާރާގެ ނެޓްވާކް ރަނގަޅުކޮށް އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ ހައިލެވެލް ނެޓްވާކް ޑިޒައިންތައް ތައްޔާރުކޮށް، ބޭނުންވާ ހާޑްވެއާ ރިކުއާމަންޓް ހެދުން
  3. ކައުންސިލް އިދާރާގެ ނެޓްވާކްގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ކުރުން
  4. ކައުންސިލް އިދާރާގެ ނެޓްވާކަށް ދިމާވާ އެންމެހާ މައްސަލަތައް ބަލައި ހައްލުކުރުމަށް މަސައްކަތް ކުރުން
  5. ކައުންސިލް ހިންގުމުގެ ރިކުއާމަންޓަށް ބަލައިގެން ސާވާތައް އިންސްޓޯލް ކުރުމާއި ކޮންފިގާ ކުރުން
  6. ތަނުގެ ބޭނުމަށާއި ސްޓްރަކްޗާ އަށް ބަލައި، ޑޮމެއިން ސާވާއާއި ފައިލް ސާވާތައް ބަލަހައްޓާ ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  7. އިދާރާގެ އެޕްލިކޭޝަން ސާވާތައް ބަލަހައްޓާ ބެކަޕްކުރެވޭނޭ ނިޒާމެއް ގާއިމުކޮށް ބެކަޕްތައް ބެލެހެއްޓުން
  8. ބޭނުންޖެހިއްޖެ ހާލަތެއްގައި އިދާރާއިން ބާއްވާ އިވެންޓުތަކުގައި ޓެކްނިކަލް ސަޕޯޓް ދިނުން
  9. އައި.ސި.ޓީ ސެކްޝަނުން ބަލަހައްޓާ އެޕްލިކޭޝަން ތަކުގައި އެޑްމިނިސްޓްރޭޓީވް ރޯލް އަދާކުރުމާއި ޑޭޓާ މެނޭޖްކޮށް ބެލެހެއްޓުން
  10. މާލޭ ސިޓީ ކައުންސިލްގެ އައި.ސީ.ޓީ ޕްލޭނާ އެއްގޮތަށް، އައި.ސީ.ޓީ މަސައްކަތްތައް ރަނގަޅު ކުރުމަށް އިސްނަގާ މަސައްކަތް ކުރުން
  11. އިދާރާގެ އައި.ސީ.ޓީ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިސްނަގައި މަސައްކަތް ކުރުން
  12. މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކޮމްޕިއުޓާ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
  13. އޮފީހުގެ ބާއްވާ އޮންލައިން މީޓިންތަކާއި ބައްދަލުވުންތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން
  14. ކައުންސިލްގެ ޓެކްނޮލޮޖީގެ ކަންކަން ފުރިހަމަގޮތުގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
  15. ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން
  16. ޕްރޮގްރާމްތައް ޑިޒައިންކޮށް އިންސްޓޯލްކޮށް ހިންގުން
  17. ކައުންސިލް އޮޓޮމޭޓްކޮށް ޑިޖިޓަލްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  18. އައި.ޓީ އިންފްރާސްޓްރަކްޗަރ ރަނގަޅުގޮތުގައި ބެލެހެއްޓުން
  19. ކައުންސިލްގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މޭޔަރ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއެކު އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދޭންޖެހޭ ލަފައާއި އިރުޝާދު، ދިނުމާއި އެކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން
  20. ކައުންސިލްގެ ސިޔާސަތުރަށް ރޭވުމުގައި ލަފައަށް އެދިއްޖެ ހިނދެއްގައި ލަފައާއި އިރުޝާދުދީ، ދެވޭ ލަފައާއި އިރުޝާދުގެ ބުރަދަން ހުރި މިންވަރު ވަޒަންކުރެވޭނެ މޭރުމަކުން ލިޔެކިޔުން ތައްޔާރުކުރަންޖެހިއްޖެ ހިންދެއްގައި އެ ލިޔެކިޔުން ތައްޔާރުކޮށް ހުށަހެޅުން.
  21. ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި ހުންނަ ސްޓްރެޓަޖީއާއި ގުޅޭ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަމެއްގެ ވަގުތުގައި އަޅަމުން ގެންދިއުން.
  22. ހަވާލުކުރެވޭ މަސައްކަތުގެ ދާއިރާގެ ޔުނިޓްގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  23. ސިޓީ ކައުންސިލްގެ ދާއިރާއިން އެނހިނދަކަށް ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  24. ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ އާންމު ރައްޔިތުންނާ ގުޅުންހުރި އެންމެހައި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ،

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކެ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން
  • ނެޓްވޯކް އެޑްމިނިސްޓްރޭޝަން
  • ކޮމްޕިއުޓަރ ސައިންސް
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ ސައިންސާ ގުޅުންހުރި ދާއިރާތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4.      ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

ނޯޓް: މި މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް އިންޓަވިއުއިން މުޅިއަކު ޖުމުލަ 60 ނުވަތަ އެއަށްވުރެ މަތިންލިބޭ ފަރާތެކެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮގަސްޓް 2026 ގެ 14:00 ގެ ކުރިން، މާލޭ ސިޓީ ހޯލްގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                         19 ޞަފަރު 1448
02 އޮގަސްޓް 2026