ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/047
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 06 އޮގަސްޓް 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި ބޭނުންކޮށްފައިވާ ކާޕެޓް ދޫކުރުން

ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުގައި ބޭނުންކޮށް ނަގާފައިވާ ކާޕެޓްރޯލްތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

            ވީމާ، ކާޕެޓް ބޭނުންވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/AGWSQMQjFrCvJba8A

ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 2026 އޮގަސްޓް 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރ 12:00 އެވެ.

02 އޮގަސްޓް 2026